ޚަބަރު

މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް!


ގދ. މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ، މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ކުރިމަގު" ނަމަކަށް ކިޔާ ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 12:33 ހާއިރުކަމަށެވެ. އެ ހާދިސާގައި އެ ދޯނީގައި ހުރި ޢުމުރުން 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހި، ހާލު ދެރަވެގެން އަވަސް ފަރުވާއަށް ކޮސްޓްގާޑުގައި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ. އޭނާ ތިނަދޫއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 13:16 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި އަލިފާނުގެ ޙާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
އެނގިފައިވާ ގޮތުގައި އެދޯނީގައި ރޯވެފައިވަނީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައެވެ.

އ.އ.ބ.މ.ސ

ސަލާމަތީ ކަންތައް ހުރީ ކޮންހާލެއްގަ