ދުނިޔެ

200އަށްވުރެ ގިނަ މީހުނާއެކު ދަތުރުކުރި ބޯޓެއް ވެއްޓިއްޖެ


ދުއިސައްތައަށްވުރެ ގިނަ މީހުނާއެކު މިސްރުން
ފުރައިގެން ރަޝިޔާއަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ސައިނާ ސަރަހައްދަށް
ވެއްޓިއްޖެއެވެ.



އެއާރބަސް އޭ-ތްރީ ޓްވެންޓީ މަރުކައިގެ މި މަތިންދާ
ބޯޓު ވެއްޓުނުކަން މިސްރުގެ ބޮޑުވަޒީރު ކަށަވަރުކޮށްދީފައިވެއެވެ. މިމަތިންދާ ބޯޓު
ވެއްޓިފައިވަނީ ރަޝިޔާގެ ސެއިންޓް ޕީޓަރސްބާރގަށް ދަތުރު ފެށުމަށް ރަތް ކަނޑުގެ
ރިސޯޓް ރަށެއް ކަމަށްވާ ޝަރަމުއްޝޭހުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށް
ރިޕޯޓްތައް ބުނެއެވެ. ވެއްޓުނު މިމަތިންދާބޯޓުގެ ބައިތައް މިހާރު ފެނިފައިވާ
ކަމަށާއި އެސަރަހައްދުގައި ވިހި އެމްބިއުލަންސް ހަރަކާތްތެރިވަމުންދާ ކަމަށް
މިސްރުގެ މީޑިއާތަކުން ބުނެއެވެ.

މިމަތިންދާބޯޓުގައި ދަތުރުކުރި ގިނަ މީހުންނަކީ
ޝަރަމުއްޝޭހުގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި ޤައުމަށް ދަތުރުކުރަމުންދިޔަ
ރަޝިޔާގެ ފަތުރުވެރިން ކަމަށް ރިޕޯޓަތައް ބުނެއެވެ.