ކުޅިވަރު

ހިއުސްޓަން ރޮކެޓްސްގެ މައްޗަށް ޝިކާގޯ ބުލްސް ކާމިޔާބު ހޯދުން


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ޝިކާގޯ ބުލްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް ބުލްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބުލްސް ކާމިޔާބުކުރީ 120 ޕޮއިންޓް 100 ޕޮއިންޓުންނެވެ.

މިމެޗްގައި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނެގި ކޮބީ ވައިޓްއެވެ. އަދި ޒެކް ލެވީންވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް އެޓީމަށް ހޯދައިދީ 9 ރީބައުންޑް ނެގި ޑޭވިޑް އެންވާބާއެވެ.

މި މުބާރާތުގައި ޑެލަސް މެވްރިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 102 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލުކާ ޑޮންޗިޗްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާފައެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 9 އެސިސްޓް ދިން ޖާ މޮރާންޓްއެވެ. އަދި ފީނިކްސް ސަންސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރ އެޓީމަށް 34 ޕޮއިންޓް ހޯދާދިންއިރު ޓްރެއިލް ބްލޭޒަރސްގެ ޑާމިއަން ލިލާޑްވަނި އެޓީމަށް 24 ޕޮއިންޓް ހޯދާދީފައެވެ.