ކުޅިވަރު

ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 112 ޕޮއިންޓް 105 ޕޮއިންޓުންނެވެ.

ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 50 ޕޮއިންޓް ހޯދައިދީ 17 ރީބައުންޑް ނަގާ 5 އެސިސްޓް ދިން ޖޮއެލް އެމްބިޑްއެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދިން ޒެކް ލެވީންއެވެ.
މިމުބާރާތުގައި ޑެންވަރ ނަގެޓްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ޖަމާލް މަރީވަނީ އެޓީމަށް 50 ޕޮއިންޓް ހޯދައިދީފައެވެ. އަދި ކެވެލިއަރސްގެ ޖަރެޓް އެލެންވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން އޯލާންޑޯ މެޖިކް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. މިމެޗްގައި މެޖިކްގެ ނިކޮލާ ވުސެވިޗްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގާ 10 އެސިސްޓްސް ކޮށްފައެވެ. އަދި ވޮރިއަރސްގެ ސްޓެފަން ކަރީވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގާ 11 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 109 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. އަދި ފީނިކްސް ސަންސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 114 ޕޮއިންޓުން ސަންސް ކާމިޔާބުކުރިއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 86 ޕޮއިންޓް 81 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ.