ކުޅިވަރު

ޗެމްޕިއަން ލޭކަރސްގެ މައްޗަށްް ބްރޫކްލިން ކުރި ހޯދައިފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސްގެ މައްޗަށްް ބްރޫކްލިން ނެޓްސް ކާމިޔާބު ހޯދައިފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 109 ޕޮއިންޓް 98 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 11 އެސިސްޓް ކުރި ޖޭމްސް ހާޑެންއެވެ. ޖޯ ހެރިސްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައިވާ ލެބްރޮން ޖޭމްސްއެވެ.

މި މުބާރާތުގައި ޓޮރޮންޓޯ ރެޕްޓަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެެވެ. މިމެޗްގައި ރެޕްޓަރސްގެ ނޯމަން ޕަވެލްވަނީ އެޓީމަށް 29 ޕޮއިންޓް ހޯދާދީފައެެވެ. އަދި ޕަސްކާލް ސިއާކަމްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާ 8 އެސިސްޓް ކުރި ޖިއާނިސް އެންޓެޓޮކޮއުމްޕޯއެެވެ.

މައޭމީ ހީޓް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ޓައިލަރ ހެރޯވަނީ އެޓީމަށް 27 ޕޮއިންޓް ހޯދާދީފައެެވެ. އަދި އެޓީމްގެ ކެލީ އޮލީނީކްވަނީ 22 ޕޮއިންޓް ހޯދާދީފައެެވެ. މިމެޗްގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދިން ނެމެންޖާ ޖެލިކާއެވެ. އަދި މާވިން ބެގްލީވަނީ އެޓީމަށް 19 ޕޮއިންޓް ހޯދާދީފައެވެ.