ޚަބަރު

ވިލާކޮލެޖްގައި މާސްޓަރ އޮފް އާރޓްސްއިން އެޑިއުކޭޝަން ކޯހެއްފަށަނީ


ޔުނިވަރސިޓީ އޮފް ވެސްޓް
އޮފް އިންގްލޭންޑްގެ މާސްޓަރ އޮފް ޢެޑިއުކޭޝަން ޕްރޮގްރާމް ވިލާ ކޮލެޖްގައި
ތައާރަފްކޮށްފިއެވެ.



ވިލާ ކޮލެޖްގައި ފަށާ މިކޯހާބެހޭ
ގޮތުން މައުލޫމާތުދެއްވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ އަހުމަދު އަންވަރު ވިދާޅުވީ
މި ކޯހަކީ މިހާރު ތަންފީޒުކުރަމުންދާ ރާއްޖޭގެ ޤައުމީ މަންހަޖަށް ޓީޗަރުންނާއި
ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިވެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ފެންވަރު
ރަނގަޅުކޯހެއްކަމަށެވެ.



މިކޯހާ ބެހޭގޮތުން
މީޑިޔާއަށް މައުލޫމާތު ދިނުމަށް ވިލާކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި
ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް ޑިޕާޓްމެންޓް އޮފް އެޑިއުކޭޝަންގެ
އެސޯސިއޭޓް ހެޑް އޮފް ޑިޕާޓްމެންޓް ޑރ ކަރެން ލޫއިސް ވިދާޅުވީ އިނގިރޭސި ވިލާތުގެ
މި ޑިގްރީ ޕްރޮގްރާމަކީ ތައުލީމީ ދާއިރާގެ ފަރާތްތައް އެކާވީސްވަނަ ޤަރުނުގެ
ގޮންޖެހުންތަކަށް  ތައްޔާރުކޮށްދޭނެ
މުހިންމު ޕްރޮގްރާމެއްކަމަށެވެ.



އަންނަ އަހަރުގެ
ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މިކޯހުގެ މުއްދަތަކީ އެއް އަހަރު
ދުވަސްކަމަށާ މިކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ކުރިޔަށްއޮތް
ޑިސެންބަރު މަހުގެ ތޭރަވަނަ ދުވަހާ ހަމައަށް ހުޅުވިފައި އޮންނާނެކަމަށް ވިލާ ކޮލެޖުން
މައުލޫމާތުދެއެވެ. މިކޯސް މާލޭގައި ހުންނަ ވިލާ ކޮލެޖްގެ މައި ކެންޕަހުގެ އިތުރުން
ފުވައްމުލަކާއި އައްޑުއަތޮޅުގައި ހުންނަ އެކޮލެޖްގެ ކެސްޕަސްތަކުގައިވެސް
ކުރިޔަށްގެންދެވޭނެކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ. ޖުމްލަ ތިންސެމިސްޓާއަށް
ބަހާލައިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގެ ފީ އެއްގެ ގޮތުގައި
ކަނޑައަޅާގައިވަނީ ފުރަތަމަ ދެ ސެމިސްޓަރގައި ކޮންމެ ސެމިސްޓަރއަކު ހަތަރު
އިސްޓޯލްމެންޓަށް ބަހާލައިގެން ކޮންމެ ފަރަކު ހަތްހާސް ފަސްސަތޭކަ ރުފިޔާ އަދި
ފަހު ސެމިސްޓަރގައި ތިން އިންސްޓޯލްމެންޓަކަށް ބަހާލައިގެން ކޮންމެ ފަހަރަކު
ހަތްހާސް ރުފިޔާއެވެ. ވިލާ ކޮލެޖުން ބުނީ ތައުލީމީ  ދާއިރާއިން ފުރަތަމަ  ޑިގްރީ ހާޞިލްކޮށްފައިވާ ކޮންމެ ފަރާތަކަށް
ކޯހަށް ވަނުމަށް ހުށައެޅޭނެކަމަށާ، ކޯހަށް ހޮވޭ ހުރިހާ ދަރިވަރުންނަށްވެސް
ޖާގަދިނުމަށް ވިލާކޮލެޖުން މަސައްކަތްކުރާނެކަމަށެވެ.