ޚަބަރު

ކައުންސިލްތަކުން 21 ގޮނޑިއެއް އެމްޑީޕީއަށް ކަށަވަރުވެއްޖެ


ލޯކަލް ކައުންސިލްތަކުގެ 21 ގޮނޑި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ. މީގެތެރެއިން 8 ގޮނޑި އެޕާޓީއަށް ކަށަވަރުވެފައިވަނީ ވާދަކުރި ބައެއް ކެނޑިޭޓުން ނަން ނެގުމުންނެވެ. އަނެއް ގޮނޑިތައް ކަށަވރުވެފައިވަނީ ކުރިން އިންތިޚާބަށް ހުޅުވާލުމުން އިންތިޚާބުކުރަންޖެހޭ އަދަދަށްް ކުރިމަތިލާފައިވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަރައްޤީކުރާ ކޮމެޓީތަކުގެ އިންތޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި 308 ނަމެއް ނަގާފައިވާކަމަށެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާއި އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައެވެ.

ކައުންސިލް ރައީސްކަން އެމްޑީޕީއަށް ކަށަވަރުވި

- ނ. މިލަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލް މަޖީދު މުހައްމަދު ( އެމްޑީޕީ )
- ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ފަތުހުއްﷲ ނަސީރު ( އެމްޑީޕީ )
- އއ. މާޅޮހު ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ނަސީރު ( އެމްޑީޕީ )
- ނ. މާފަރު ކައުންސިލްގެ ރައީސްކަމަށްް މުހައްމަދު އަދުނާނު ( އެމްޑީޕީ )
- ނ . ކުޑަފަރީ ކައުންސިލްގެ ރައީސްކަމަށް އަލީ ޝަމީމް މުހައްމަދު ( އެމްޑީޕީ )
- ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުﷲ ޒާމިރު ( އެމްޑީޕީ )
- ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝިފާޤް ހުސެއިން ( އެމްޑީޕީ )

ކައުންސިލް މެމްބަރުކަން އެމްޑީޕީއަށް ކަށަވަރުވި

- މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާ މެމްބަރުކަމަށް މުހައްމަދު ސައިފް ފާތިހް ( އެމްޑީޕީ)
- ސ. ހުޅުދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ހުސެއިން ފައިޒުއް ރަހްމާން ( އެމްޑީޕީ)
- ސ. ހިތަދޫ ހޮރުވަލުދާއިރާ ކައުންސިލް މެމްބަރުކަމަށް އިބްރާހިމް ޝީނާޒް ( އެމްޑީޕީ )
- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު އަރޫޝާ ( އެމްޑީޕީ )
- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސާދިޔާ އަބްދުލްމުހްސިން ( އެމްޑީޕީ )
- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިސްމާއިލް މާހިދު ( އެމްޑީޕީ )
- ތ. ކަނޑުދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު ރީހާން ( އެމްޑީޕީ )
- ސ. ހިތަދޫ ބޭރުމަތި ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ސައީދާ ( އެމްޑީޕީ )
- ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ދިމްޝާ އަބްދުލްމަޖީދު ( އެމްޑީޕީ )
- ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ހުމާމު އުބްދުއްރަހީމް ( އެމްޑީޕީ )
- އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް އަރޫޝާ އަބްދުﷲ ( އެމްޑީޕީ )
- އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ފާތިމަތު އަނޫޝާ އަހްމަދު ( އެމްޑީޕީ )
- އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ނާފިޒު ( އެމްޑީޕީ )
- އއ . މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް ފަޒީލް އަހްމަދު ( އެމްޑީޕީ )

ނަން އަނބުރާ ނެގުމުން އިންތިޚާބުވި އަމިއްލަ ކެނޑިޑޭޓުން


- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ހުސްނާ އިބްރާހިމް ( އަމިއްލަ )
- ހއ ތުރާކުނު ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ފަރްޝާ ( އަމިއްލަ )
- ހއ މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސަފީނާ އަބްދުއްރަޝީދު ( އަމިއްލަ )
- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް ހަސަން އަޝްރަފް ( އަމިއްލަ )
- އދ ހަންޏާމީދޫ ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ޝާފީ ( އަމިއްލަ )
- ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު ޝީޒާ ( އަމިއްލަ )
- މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިބްރާހިމް ހަލީލް ( އަމިއްލަ )
- އއ. ބޮޑުފުޅަދޫ ކައުންސިލް ރައީސްކަމަށް ސުޖާއު އާދަމް ( އަމިއްލަ )
- ދ. ރިނބިދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު އިގްބާލު އަބްދުލްޤައްޔޫމް ( އަމިއްލަ )

ކޮމިޝަންގެ ރައީސް ވިދާޅުވީ ނަން ނެގުމާއި އެއް ކެނޑިޑޭޓަކު އެކަނި ވާދަކުރާތީ ކައުންސިލްތަކުގެ 22 މަޤާމަކަށް 30 މެމްބަރުން މިހާރު ހޮވިފައިވާކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 2433 ކެނޑިޑޭޓުން ކުރިމަތިލީ ނަމަވެސް ނަން އަނބުރާ ނެގުމުން ދެން އިންތިހާބުގައި ވާދަކުރާނީ 2264 ކެނޑިޑޭޓުންކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ނަގަން ހުޅުވާލި މުއްދަތު ހަމަވިއިރު އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރި މެމްބަރުންނެވެ. އެ ޕާޓީން ވާދަކުރި 50 ކެނޑިޑޭޓަކު ވަނީ ނަންނަގާފައެވެ. ދެން އެންމެ ގިނައިން ނަން ނަގާފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެޕާޓިން ވާދަކުރަން ނިންމި 31 ކެނޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. ޖުމްހޫރީ ޕާޓީން ވާދަކުރަން ހުށައެޅި 12 ކެނޑިޑޭޓަކާއި އަދާލަތު ޕާޓީން ވާދަކުރަން ނިންމި 1 ކެނޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ނަގާފައެވެ.

ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މިހާރު އެޗްޕީއޭގެ ގައިޑްލައިން އޮތް ގޮތުން 735 ވޯޓް ފޮށި ބަހައްޓަންޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ކުރިން އިންތިޚާބު ބާވަން އޮތް ތާރީހުގައި ބަހައްޓަން ނިންމީ 532 ފޮށިކަމަށާއި މިހާރު ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން ޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.