ޚަބަރު

މަޖިލީހަށް ގާސިމް ސަލާމް ވިދާޅުވާތާ އަހަރެއް

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދައިރާގެ މެމްބަރު ގާސިމް ިއބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވަނީ ބައެއް މެމްބަރުން ސަލާމް ވިދާޅުވަމުން އަންނަ ގޮތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިއަދުގެ ޖަލްސާއަށްވެސް މަޖިލިސްގެ 7 މެމްބަރުން ވަނީ ސަލާމް ފޮނުއްވާފައެވެ. އަދި 4 މެމްބަރަކު ތިއްބެވީ ކަރަންޓީނުގައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް ސަލާމް ފޮނުވުމުގައި ވަރަށް ގިނަ ދުވަހު ސަލާމްގައި ތިއްބަވާ މެމްބަރުން އެބަ ފާހަގަވާކަމަށެވެ. މިގޮތުން އދ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ. އަދި މިއަހަރުގެ މިދައުރުގެ މިހާތަނަށްވެސް ގާސިމް ގެންދަވަނީ ސަލާމް ވިދާޅުވަމުންކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ ސަލާމް ވިދާޅުވަމުންކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސިޔާމް ސަލާމުގައި ހުންނެވީ ކިހާ ދުވަހަކުކަމެއް ނަޝީދު ވިދާޅެއްނުވެއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދުވެސް ސަލާމް ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ހުސެއިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅާކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފަޔާއެކު ބޭސްކުރައްވަމުން އަންނަކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މުންކޮ

މުސާރަ ފުޅުން އެންމެ ފައިސާ ފޮއްޗެއްވެސް އުނި ކުރެވުނުބާ؟މީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް!