ޚަބަރު

72 ކިލޯގެ ޑްރަގްސް އެތެރެކުރި މީހުންނަށް ދައުވާކޮށްްފި


ރާއްޖެއަށް 72 ކިލޯގެ މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ މައްޗައް ދައުވާކޮށްފިއެވެ. މި މައްސަލާގައި 10 މީހަކުވަނީ ހައްޔަރުކޮށްފައެވެ.

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަދުވަހުުއެވެ. މި ތަކެތި އަތުލައިގަތުމަށްފަހު މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންކަމަށްވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗަކާއި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހިމެނޭ 10 މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓެރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މި 10 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް އިތުރު ދައުވާއެއްވެސް އުފުލާފައެވެ. އެ ތިން މީހުންގެ މައްޗަށް ދެން އުފުލާފައިވަނީ ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި މީހުން

1- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ)
2- ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ)
3- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
4- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަޙްމަދު (37އ)
5- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
6- ރ. އިނގުރައިދޫ / އެލެސްކާ، ޢަބްދުﷲ ވިޝާމް (26އ)
7- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)
8- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން (33އ)
9- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު (35އ)
10- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލި މީހުން

1- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
2- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
3- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)

ފުލުހުން ވިދާޅުވީ މިމީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މަސްތުވާތަކެތި އަތުލާގަތީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފެށި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މި އޮޕަރޭޝަން ކުރިއަށްގެންދިޔައިރު، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމަށްް ފުލުހުން ވިދާޅުވެއެވެ. އަދި މާލެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވައިގެން ގެންދަނިކޮށް ފަރީދީމަގުން ފުލުހުން އެކާރު ހިފެހެއްޓިއެވެ. ކާރު ހުއްޓުވާ ފާސްކުރިއިރު މަސްތުވާތަކެތި ހުރީ ދެ ގޯންޏާއި ދެ ސޫޓް ކޭހަށް އަޅާ ފޮރުވާފައެވެ.