ޚަބަރު

ރާއްޖެ ސަރަޙައްދަށް ޤަވާޢިދާއި ޚިލާފަށް ވަދެ އުޅުނު މަސްބޯޓެއް އަތުލައިގެންފި


ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ރާއްޖެ ސަރަޙައްދަށް ވަދެގެން އުޅުނު ބޯޓު ފެނިފައިވަނީ ހދ.ނައިވައިދޫ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. މި މަސް ބޯޓާ ބެހޭ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:42 ހާއިރު އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ހދ.މަކުނުދޫ “ރަންދި” ނަމަކަށް ކިޔާ ދޯންޏަކުންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ބޭރުގެ މަސްބޯޓް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭ 21:41 ހާއިރުކަމަށެވެ. އަދި އެ ބޯޓު ކުޅުދުއްފުށްޓަށް ގެންގޮސްފައިވާކަަމށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ބޯޓުގައި ތިބީ 6 މީހުންކަމަށާއި، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.