ކުޅިވަރު

ޕީއެސްޖީ މޮޅުވެ ލީގުގެ އެއްވަނައިގަ ޕޮއިނޓުގެ ގޮތުން ހަމަހަމަކޮށްފި


ފްރެންޗް ލީގުވަންގައި ޕީއެސްޖީ މޮޅުވެ ލީގުގެ އެއްވަނައިގަ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ ޕީއެސްޖީ މޮޅުވީ 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޖޫލިއަން ޑްރެކްސެލާ ލީޑު ޕީއެސްޖީއަށް ލީޑު ނަގައި ދީފަވަނިކޮށް ނައިސް ހަމަހަމަކޮށްދިނީ ރޮނީ ލޮޕޭޒްގެ ލަނޑުންނެވެ. މެޗުން މޮޅުވި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މޮއިސް ކީންއެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި 12ވަނަ ލަނޑެވެ. ރޭ ލިޔޯން މޮންޓްޕިލެއަރ އަތުން ބަލިވުމުން ވަނީ ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވަނީ ނަގާލާފައެވެ.

މި ނަތީޖާއެކު ޕީއެސްޖީ އެއްވަނައަށް ޖެހިލީ ލަނޑުގެ ތަފާތުން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނައިގަ އޮތީ ލިލޭ. ލިޔޯން ރޭގައި ބަލިވުމުން އެޓީމުވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. ތިންވަނާގައި ލިޔޯން އޮތީ ޕީއެސްޖީއަށް ވުރެ ދެޕޮއިންޓް މަދުން ހޯދައިގެން 52 ޕޮއިންޓާއެކުގައެވެ. މޮނާކޯ ހަތަރުވަނައިގަ އޮތީ 48 ޕޮއިންޓާއެކުގައެވެ.