ކުޅިވަރު

ބްރައިޓަން އާއި ވިލާގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް


އިނގިރޭސި ލީގުގައި ބްރައިޓަން އާއި އެސްޓަން ވިލާ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

މެޗުގެ ފުރަތަމަހާފްގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ބްރައިޓަން އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަހާފްގައި އެޓީމުން ވަނީ 12 ހަމަލާއެއް ވިލާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ހާފްގައި ބްރައިޓަން އިން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ވިލާގެ ކީޕަރު މާޓިނޭޒްއެވެ. މިހާތަނަށް މި ސީޒަންގައި 45 ހަމަލާއެއް މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ. ރޭގެ މެޗުގައި އެކަނިވެސް އޭނާ ވަނީ 9 ހަމަލާއެއް ދިފާއުކޮށްފައެވެ. މީއީ ބައިކޮޅަށް ލަނޑެއް ވައްދާނުލާ ރަށުން ބޭރުގައި ވިލާއިން ނިންމާލި ހަތްވަނަ މެޗެވެ. ލީގުގައި އެންމެ ފަހުން ކުރީގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅުނު ހަމެޗުންވެސް ބްރައިޓަން ބަލިވެފައެއް ނުވއެވެ.

މިމެޗުން ލިބުނު ޕޮއިންޓާއެކު ވިލާ އޮތީ ތާވަލުގެ 8 ވަނައިގައެވެ. ޓޮޓްނަމްއާ ޕޮއިންޓުގެ ގޮތުން ވިލާއިން ހަމަހަމަކުރި އިރު ތާވަލުގެ ހަތަރުވަނައިގަ ލިވާޕޫލްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.