ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއް ގެއްލިގެން ހޯދަންފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެކެވެ. އޭނާ ސްނޯކްލިންއަށް ގޮސްފައިވަނީ އެކަނިކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އޭނާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިރޭ 20:58 ހާއިރުކަމަށާއި، އެ އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާރޑްގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް އެމްއެންޑިއެފްއިން ވިދާޅުވިއެވެ.