ޚަބަރު

24 ގަޑިއިރުތެރޭގައި ކޯވިޑް ޖެހިގެން ރާއްޖެއިން 2 މީހުން މަރު!


ވޭރުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ޖެހިގެން ރާއްޖެއިން 2 މީހުން މަރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން މިދިޔަ 24 ގަޑިއިރު ތެރޭގައި 2 މީހުން ރާއްޖެއިން މަރުވިއިރު، އެއީ 78 އަހަރާއި 59 އަހަރުގެ ދިވެހިން 2 އަންހެނުންކަމަށެވެ. މީގެތެރެއިން 78 އަހަރުގެ އަންހެން މީހާ މަރުވެފައިވަނީ ރޭގެ 8:12 ހާއިރުކަމަށެވެ. އަދި އޭނާ ރޭ އައިޖީއެމްއެޗްގެ އިމަރޖެންސީއަށް ގެނައިރުވެސް މަރުވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭ މަރުވި ދެވަނަ މީހާއަކީ ރޭގެ 3:17 ހާއިރު އައިޖީއެމްއެޗްގެ އިމަރޖެންސީއަށް ގެނައި މީހެއްކަމަށެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 58 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.