ޚަބަރު

ކޯވިޑް-19 : ކޯވިޑްގެ އިތުރު މަރެއް، މަރުވި މީހުންގެ އަދަދު 58އަށް


ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާއަކީ ހަބަރު ހުސްވެގެން، ރޭގެ 3:17 ހާއިރު އައިޖީއެމްއެޗްގެ އިމަރޖެންސީއަށް ގެނައި މީހެއްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 58 އަށް އަރާފައިވާއިރު، ކޯވިޑް ޖެހިގެން އިތުރު މީހަކުވެސް ރޭ ވަނީ ނިޔާވެފައެވެ. އެޗްއީއޯސީން ވިދާޅުވީ އައިޖީއެމްްއެޗްގެ އިމަރޖެންސީއަށް ރޭގެ 8:12 ހާއިރު ގެނައި މީހަކުވެސް ނިޔާވެފައިވާކަމަށެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 58 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.