އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 111 ޕޮއިންޓް 105 ޕޮއިންޓުންނެވެ.
މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު މުޅުމެއް ދެއްކީ 40 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާ 5 އެސިސްޓް ކުރި ސްޓެފަން ކަރީއެވެ. އަދި އެންޑްރޫ ވިގިންންސް ވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާ ދިން ނިކޮލާ ވުސެވިޗްއެވެ. އަދި ޓެރެންސް ރޯސްވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ.
މި މުބާރާތުގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. މިމެޗްގައި ބްލޭޒަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދިން ޑާމިއަން ލިލާރޑްއެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނެގި ޖޮއެލް އެމްބިޑްއެވެ.
މިމުބާރާތުގައި މައޭމީ ހީޓް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 101 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 10 ރީބައުންްޑް ނަގާ 10 އެސިސްޓް ކުރި ޖިމީ ބަޓްލަރއެވެ. ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދިން ޖޯން ވޯލްއެވެ.
މީގެއިތުރުން ބޮސްޓަން ސެލްޓިކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 106 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ.