ޚަބަރު

މާދަމާ ރޭ 11:00އިން މެންދަމު 3:00އަށް ހުޅުމާލެއިން ފެން ކަނޑާލަނީ


ހުޅުމާލެއިން މާދަމާރޭ 11:00އިން މެންދަމު 3:00އަށް ފެނުގެ ޚިދުމަތް މެދު ކަނޑާލާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ފެން ކަނޑާލަން ނިންމާފައިވަނީ ވޯޓަރ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިންގ މަސައްކަތެއްކުރުމަށްކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެނުގެ ޚިދުމަތް ކަނޑާލައި ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.