ޚަބަރު

ބްރޯޑްކޮމްއަށް އައްޔަންކުރެއްވުމަށް 10 ނަމެއް މަޖިލީހަށް


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް 10 ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް މަޖިލީހުގެތަޅުމަށް މިއަދު ވަނީ އިއްވާފައެވެ. އެ ނަންތަކުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާފައިވަނީ މުޙައްމަދު ފަޒީންއަށެވެ.

މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި:


1- މުޙައްމަދު ފަޒީން، ހޭޒްލީން/ ބ. ތުޅާދޫ
2- އައިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު- އާސާން/ ޏ.ފުވައްމުލައް
3- ޝިފާ ތަޢުފީޤް ހ. ހާޖަރާގެ
4- ޢަލީ މުޙައްމަދު މަނިކު، ދަފްރަރު ނަންބަރު: ރސ1851
5- އަޙުމަދު މޫސާ، ހ. އަބްސާވިލާ
6- ޒުބައިރު އަޙުމަދު މަނިކު، ގ. މަލްބިނަބް
7- ޙަސަން ރަޝީދު، ފްލާވާގެ/ސ. މަރަދޫ
8- އައިޝަތު ޙުސައިން މަނިކު، ހ. ރީދޫކޮކާގެ
9- މުޙައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ
10- ޙުސައިން އަމްރު، ވ.ރޯޝަން

ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ އެ ނަންތައް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ބްރޯޑްކޮމް އިން މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ ޒީނާ ޒާހިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.