ޚަބަރު

މަޖިލިސް މެމްބަރުންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި


ރައީސާއި އެކު ކުރިއަށްދިޔަ ބައްދަލުވުން ނިންމާލުމަށްފަހު މެމްބަރުން ނިކުމެވަޑައިގެންނަވަނީ / ފޮޓޯ:ޕީއެސްއެމް

ޕީޕީއެމްގެ ޕަލަމެންޓްރީ
ގްރޫޕްގެ މެންބަރުންނާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިއެވެ.



މިބައްދަލުކުރެއްވުން
އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ނަމަވެސް
މިބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކަތަކާބެހޭ ގޮތުން ބައްދަލުވުމުގައި
ބައިވެރިވެ ވަޑައިގެންނެވި އެއްވެސް ބޭފުޅަކު ތަފްޞީލެއް ދެއްވާފައެއްނުވެއެވެ. 

ބައްދަލުވުމަށްފަހު ރައީސް އޮފީހުން މެންބަރުން ނިކުމެވަޑައިގަތުމުން ނޫސްވެރިން
ސުވާލުކުރުކުރުމުންވެސް މިއީ ހަމައެކަނި ރައީސްއާއެކު ބޭއްވެވި ބައްދަލުވުމެކޭ
ވިދާޅުވުން ފިޔަވާ އިތުރު އެއްވެސް މައުލުމާތެއް ދެއްވާފައެއްނުވެއެވެ.