ވިޔަފާރި

އަޔާޓާގެ އިސާގޯ ސެޓްފިކެޓް އެމްއޭސީއެލްއަށް


ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާގެ ގްރައުންޑް އޮޕަރޭޝަންގެ އޮޑިޓުން އެމްއޭސީއެލް ފާސްވެއްޖެއެވެ.

ގްރައުންޑް އޮޕަރޭޝަންގެ ސޭފްޓީ އޮޑިޓުން މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް ފާސްވުމާއި ގުޅިގެން އަޔާޓާއިން ވަނީ އެކުންފުންޏަށް އިސާގޯ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ގްރައުންޑް ސަރވިސް ޕްރޮވައިޑަރގެ ހައިސިއްޔަތުން ސެޓްފިކެޓް އެމްއޭސީއެލްއިން ޖެހިޖެހިގެން ހާސިލުކުރި 3 ވަނަ އަހަރެވެ.

އިސާގޯ ސެޓްފިކެޓް ދިނުމުގެ ކުރިން އަޔާޓާއިން އެއަރޕޯޓުގައި ދޭ އެކި ޚިދުމަތްތަކާއި ގުޅޭ އޮޑިޓްތައް ކުރިއަށްގެންދެއެވެ. އޭގެތެރޭގައި އޯރގަނައިޒޭޝަން އެންޑް މެނޭޖްމަންޓް، ލޯޑް ކޮންޓްރޯލް، ޕެސެންޖަރ އެންޑް ބެގެޖް ހޭންޑްލިންގ، އެއަރ ކްރާފްޓް ހޭންޑްލިން އެންޑް ލޯޑިންގ، އެއަރ ކްރާފްޓް ގްރައުންޑް މޫވްމަންޓް އަދި ކާގޯ އެންޑް މެއިލް ހޭންޑްލިންގ ހިމެނެއެވެ.

އަޔާޓާގެ އިސާގޯ ސެޓްފިކެޓަކީ ބައިނަލްއަޤްވާމީގޮތުން ބަލައިގެންފައިވާ އުސޫލުތަކަކާއި އެއްގޮތަށް ކުރިއަށްގެންދާ އޮޑިޓްތަކަކަށްފަހު ދޭ ސެޓްފިކެޓެކެވެ.