ކުޅިވަރު

އައުބަމެޔާންގ ޓީމާ ދުރުގައި ހުރީ މަންމަގެ ބަލިހާލަތު ހުރިގޮތުން


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔާން ފަހަކަށް އައިސް ޓީމުން ނުފެންނަނީ އޭނާގެ މަންމަގެ ބަލިހާލަތު ހުރި ގޮތުން ކަމުގައި އޭނާ ހާމަކޮށްފިއެވެ. އައއުބަމެޔާންގ މިކަން ހާމަކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ.

އައުބަމެޔާންގ ހާމަކުރިގޮތުގައި އޭނާގެ މަންމަ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެން ކަމުން މަންމައަށް ވަގުތު ދޭން ޖެހުނީ ކަމަށެވެ. އަދި މަންމަގެ ހާލު މިހާރު ރަގަޅު ވަމުން އަންނަ ކަން ހާމަކުރަމުން އެކަމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މުޅި އާސެނަލް ޓީމަށް އޭނާ ޝުކުރު އަދާކޮށްފަައިވެއެވެ.

އާސެނަލް ޓީމްގައި އެންމެ ފަހުން ކުޅުނު ދެ މެޗްގައި އައުބަމެޔާން ނުހިމެނެވެ. އަދި ހޮނިހިރު ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާ މެޗަށް އައުބަމެޔާންއަށް ޓީމާ ގުޅެވިދާނެކަމާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާވަނީ ހާމަކޮށްފައެވެ. އަދި އައުބަމެޔާން ހުރީ ޤައުމުން ބޭރުގައި ކަމެއް އާޓެޓާ ހާމައެއް ނުކުރެއެވެ. އާސެނަލް އެންމެ ފަހުން ސަދެމްޓަނާއި ބައްދަލުކޮށް މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާވަނީ އެކާމިޔާބީ އައުބަމެޔާނ ްއަށް ޑެޑިކޭޓް ކޮށްފައެވެ.