މާފަންނު ގެއެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ ޔުނިޓެއް ވަގަށް ނެގި ދެމީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ވަނީ މި ދެމީހުން މިތަކެތި ވަގަށް ނަގައިގެންދާ ވީޑިއޯއެއް އާއްމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުންވަނީ އެގޭގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ އިންޑޯ ޔުނިޓާއި އައުޓްޑޯ ޔުނިޓެއްވެސް ވަގަށް ނަގައިގެން ގެންގޮސްފައެވެ.
މި މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ. އަދި މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475407 ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކުރައްވާފައެވެ.