ޚަބަރު

ސައިޓީސްއާއި ބެހޭ މަޢުލޫމާތު ކަސްޓަމްސްގެ މުއައްޒަފުންނަށް ދީފި


ރާއްޖެއިން ބައިވެރިވެފައިވާ އދ ގެ މުއާހަދާ، ކޮންވެންޝަން އޮން
އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީސީސް " ސައިޓީސް" ގެ
ދަށުން ރާއްޖެއިން ކުރުންލާޒިމްވާ ކަންތައްތަކާބެހޭ ގޮތުން ކަސްޓަމްސްގެ
މުއައްޒަފުންނަށް މައުލޫމާތުދިނުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.ކަސްޓަމްސްގެ 27 މުއައްޒަފަކު ބައިވެރިވި މިމަސައްކަތު ބައްދަލުވުން
ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ދީދީ ވިދާޅުވީ
ސައިޓީސްގައި 3 ކެޓަގަރީގައި ދިރުންތައް ލިސްޓްކުރެވިފައިވާއިރު، މިއިން ކޮންމެ
ކެޓަގަރީއެއްގައި ހިމެނޭ ދިރުންތަކާމެދުވެސް އަމަލުކުރަންޖެހޭ ގޮތްތައް ތަފާތު ކަމަށެވެ.

އެގޮތުން މިއަދު ކުރިޔަށްދިޔަ މަސައްކަތު ބައްދަލުވުމުގައި، މި
މުއާހަދާގައި ބަޔާންކޮށްފައިވާ ދިރުންތައް އެއްޤައުމުން އަނެއްޤައުމަށް
ގެންދެވޭއިރު ނުވަތަ އޭގެ ވިޔަފާރި ކުރެވޭއިރު ރާއްޖެއިން ފުރިހަމަކުރަންޖެހޭ
ކަންކަމާއިބެހޭ މައުލޫމާތު ކަސްޓަމްސްގެ މުއައްޒަފުންނަށް ފޯރުކޮށްދީފައިވާނެކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.



ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ކަސްޓަމްސްގެ މުއައްޒަފުންނަށް ހިންގުނު
މިމަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖެއިން މި މުއާހަދާ އެކަށީގެންވާ
ގޮތެއްގައި ތަންފީޒުކުރަމުން ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ސައިޓީސްގައި
ރާއްޖެއިން ބައިވެރިވެފައިވަނީ  12 މާރަޗް
2013ގައެވެ.