ކުޅިވަރު

ލޭކަރސް އާއި ކެވެލިއަރސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 115 ޕޮއިންޓް 108 ޕޮއިންޓުންނެވެ.

މިމެޗްގައި ލޭކަރސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލެބްރޮން ޖޭމްސްވަނީ 46 ޕޮއިންޓް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މިމެޗްގައި ކެވެލިއަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދިން އަންޑްރޭ ޑްރޫމޮންޑެވެ. އަދި ކެޑީ އޮސްމަންވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ.


މިމުބާރާތުގައި ބްރޫކްލިން ނެޓްސް އައި މައޭމީ ހީޓް ބައްދަލުކުރިމެޗް 98 ޕޮއިންޓް 85 ޕޮއިންޓުން ކާމިޔަބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ ކެވިން ޑުރާންޓް އެޓީމަށް 20 ޕޮއިންޓް ހޯދާދިންއިރު 13 ރީބައުންޑާއި ފަސް އެސިސްޓް ކޮށްފައިވެއެވެ. މިމެޗްގައި ހީޓްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ ބާމް އަޑެބަޔޯއެވެ. އޭނާވަނީ އެޓީމަށް 26 ޕޮއިންޓް ހޯދައިދީފައެވެ.