އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި މައޭމީ ހީޓް ބައްދަލުކުރި މެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 128 ޕޮއިންޓް 124 ޕޮއިންޓުންނެވެ.
މިމެޗްގައި ނެޓްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދިނީ ކެވިން ޑުރާންޓްއެވެ. އޭނާވަނީ އެޓީމަށް 31 ޕޮއިންޓް ހޯދާދީފައެވެ. އަދި ކައިރީ އަރވިންވަނީ 28 ޕޮއިންޓް ނެޓްސްއަށް ހޯދާދީފައެވެ. މިމެޗްގައި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް އެޓީމަށް ހޯދާދިން ބޭމް އަޑެބަޔޯއެވެ.
މި މުބާރާތުގައި މިނެސޯޓާ ޓިމްބަރވުލްސް އާއި ނިއު އޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްސްއެވެ. މިމެޗްގައި ޓިމްބަރވުލްސްގެ ނާޒް ރީޑް ވަނީ އެޓީމަށް 20 ޕޮއިންޓް ހޯދާދީފައެވެ. އަދި އެންތަނީ އެޑްވަރޑްސްވަނީ އެޓީމަށް 18 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ޕެލިކަންސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދިނީ 30 ޕޮއިންޓް ހޯދާދިން ބްރެންޑަން އިންގްރާމްއެވެ. އަދި އެރިކް ބްލެޑްސޯއިވަނީ އެޓީމަށް 28 ޕޮއިންޓް ހޯދާދީފައެވެ.