ޚަބަރު

ފުލުހުންގެ އިދާރާ ހިންގެވުން ޑީ.ސީ.ޕީ ހަބީބާއި ހަވާލުކުރައްވައިފި


ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބާ ހަވާލުކުރައްވައިފިއެވެ.މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮމިޝަނަރ ހުސެއިން ވަހީދު ފުރާވަޑައިގަތީ ބޭސްފަރުވާއަކަށް ސިންގަޕޫރަށެވެ. މިދުވަސްވަރަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ބަޔަކު ރާވައިގެން ދިން ނުރައްކާތެރި ހަމަލާ ފުލުހުންނާ ސިފައިން ގުޅިގެން ތަޙްޤީޤް ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު ފުރާވަޑައިގަތުމާ ގުޅިގެން ގިނަ މީޑިއާތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ.އެހެންނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޗުއްޓީ ނަންގަވައިފިނަމަ، ޑެޕިއުޓީ ކޮމިޝަނަރަކާ ޒިންމާތައް ހަވާލުކުރެއްވުމަކީ ޕުލުހުންގެ ޤަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ ގޮތްކަމަށެވެ.