ކުޅިވަރު

ފްރީގައިޒް ވޮލީ މުބާރާތުގެ ފައިނަލަށް ފިސްޑާ


ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ފިސްޑާ ހޯދައިފިއެވެ. ފިސްޑާ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ފުވައްމުލަކުގައި ކުޅުނު ފޯރިގަދަ، ވާދަވެރި ފައިނަލްގައި 3-2 ސެޓުން ދަޑިމަގު އެކުވެރިން ބަލިކޮށްގެންނެވެ.ފިސްޑާ މެޗުގެ ފުރަތަމަ ދެސެޓް 25-15، 25-23 ން ގެންގޮސްފައިވަނިކޮށް، ދަޑިމަގު ޓީމް ވަނީ ޖެހިގެން އައި ދެ ސެޓް ގެންގޮސްފައެވެ. އެއީ 22-25، 26-28 ނެވެ. ފަހު ސެޓް ފިސްޑާ ގެންދިޔައީ 15-12 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފިސްޑާގެ މުޙައްމަދު ޝާއިންއެވެ.މާދަމާރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ފިސްޑާ ވާދަކުރާނީ އަފުން ޓީމާއެވެ. މާދަމާ ހަވީރު ކުޅޭ އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ދަޑިމަގު ރަނިންއެވެ. މިދެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.