އއ.ވެލިގަނޑު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ގެސްޓު ރޫމެއްގައި ކަމަށް އެމްްއެންޑީއެފް އިން ވިދާޅުވެއެވެ. އަލިފާން ރޯވާން ދިމާވީ އޭސީގެ ކަރަންޓް ޝޯޓް ވެގެންކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މި ހާދިސާގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި ކޮޓަރީގައި ހުރި ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ކޮޓަރީގެ ސީލިންގއަށްވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފަިއވަނީ މިއަދު 14:15 ހާއިރު ކަމަށެވެ.