ޚަބަރު

ސީރިޔާ ހަނގުރާމައަށް ގޮސްގެން ހައްޔަރުކުރި މީހަކު ޓެގް އަޅުވާފައި ދޫކޮށްލައިފި


ސީރިޔާ ހަނގުރާމައަށް ގޮސްގެން ހައްޔަރުކުރި މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތަކާއެކު ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރިކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހުގެރޭ ހައްޔަރުކުރި 34 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލާފައިވާކަމަށެވެ. އަދި އޭނާ ދޫކޮށްލީ ނެޝަނަލް ރީއިންޓަރގްރޭޝަން ސެންޓަރގައި ބެހެއްޓުމަށްފަހު މިދިޔަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި ފުލުހުން ގެންދަނީ މޮނިކޮން އަމުރެއްގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނިޓަރކުރަމުންނެވެ.

ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަޤްވާމީ މުޖުތަމައާއިއެކު ދިވެހި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރުމަށް ކ. ހިންމަފުށީގައި ވަނީ ޚާއްޞަ މަރުކަޒެއް ޤާއިމްކޮށްފައެވެ.