މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ފިހިއްޖެއެވެ.
މި ހާދިސާގައި ފިހިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެއީ އެ ސަފާރީގެ ވެރިފަރާތްކަމަށްވެސް އެމްންއެންޑީއެފުން މަޢުލޫމާތު ދެއެވެ. އެމީހާއަށް ފަރުވާދިނުމަށްޓަކައި މިހާރު ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އަލިފާން ރޯވެފައިވަނީ "އޯޝަން ޑިވައިން މޯލްޑިވްސް" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. މި ސަފާރީގައި އަލިފާން ރޯވިއިރު 13 ފަތުރުވެރިންނާއި 5 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ އެންމެންވެސް އެހެން ލޯންޗަކަށް ނަގާފައިވާކަމަށް ވެސް އެެމްއެންޑީއެފުން ވިދާޅުވެއެވެ.
އަލިފާން ރޯވީ ސަފާރީގެ އިންޖީން ރޫމުުގައި ކަމަށާއި އަލިފާން ނިއްވާލާފައިވަނީ އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއުއިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން 14:17 ހާއިރު ކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 13:24 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.