ކުޅިވަރު

ޑޯޓްމުންޑާއި މެއިންޒް ބައްދަލުކުރި މެޗް އެއްވަރު


ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާއި މެއިންޒް ޒީރޯ ފައިވް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއްލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމުންވެސްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. މީގެތެރެއިންވެސް ޑޯޓްމުންޑްގެ ކެޕްޓަން މާކޯ ރޮއިސް އާއި ޖޫލިއަން ބްރާންޓް އަދި ޖޫޑް ބެލިންގހަމްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް މެއިންޒްގެ ކީޕަރ ރޮބިން ޒެންޓްނަރ ވަނީ މީގެތެރެއިން ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ މެއިންޒްގެ ލެވެން އުޒްޓުނާލީއެވެ. މިމެޗްގައި ޑޯޓްމުންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ 73 ވަނަ މިނެޓްގައި ތޯމަސް މެއުނިއަރ ޖަހާދިން ލަނޑުންނެވެ. މިއީ ޑޯޓްމުންޑަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓްް ފަހުން ޑޯޓްމުންޑަށް ޕެނަލްޓީއެއްވެސް ލިބުނެވެ. މެޗުން މޮޅުވާން ލިބުނު ރަނުގެ ފުރުސަތުގައި ކެޕްޓަން ރޮއިސް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މިމެޗް އެއްވަރުވުމުން ޑޯޓްމުންޑް މިހާރު އޮތީ ކުޅުނު 16 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި މެއިންޒް އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.