ދުނިޔެ

ނޭޓޯގެ އަސްކަރީ ހަރަކާތެއް ފަށައިފި


ނޭޓޯއިން މިޤަރުނުގެތެރޭގައި ހިންގާ އެންމެ ބޮޑު އަސްކަރީ
ހަރަކާތް މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުގައި ފަށައިފިއެވެ.



 ނޭޓޯއިން ފަށާފައިވާ މިއަސްކަރީ ހަރަކާތުގެ
މައިގަނޑު މަޤްސަދަކަށްވެފައިވަނީ ރަޝިޔާއިން ސޫރިޔާގެ މައްސަލައިގެ
ތެރެއަށްވަނުމުން ބޯލްޓިކް ކަނޑުގައި ރަޝިޔާގެ އަސްކަރީ ހަރަކާތްތައް އިތުރުވުމުގެ
ސަބަބުން ނޭޓޯއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވުން ކަމަށް ރިޕޯޓްތައް
ބުނެއެވެ. މިގޮތުން ނޭޓޯގެ މި އަސްކަރީ ހަރަކާތުގައި އެޖަމާޢަތުގެ ހައިބަތު
ދައްކުވައިދޭން މަސައްކަތްކުރާނެ ކަމަށް ބެލެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ސޫރިޔާގެ މަސްރަޙު ހަމަ މަގަށް އެޅުވުމަށް އެހީވެދިނުމުގެ ނަމުގައި ރަޝިޔާއިން
ބޯލްޓިކް ކަނޑުގެ ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާއިރު
ރަޝިޔާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ދިފާޢުވުމުގެ ޤާބިލުކަން
ނޭޓޯއަށް ލިބިގެންވާ ކަމަށް އެޖަމާޢަތުން ބުނެއެވެ. މިގޮތުން ރަޝިޔާގެ ފަރާތުން
ކުރިމަތިވެދާނެ ނުރައްކަލަކާއި ކުރިމަތިލުމުގެ ޤާބިލްކަން ނޭޓޯގެ 28 ޤައުމު
އެކުވުމުން އެޖަމާޢަތަށް ލިބިފައިވާ ކަމަށް ނޭޓޯގެ އޮފިޝަލަކާއި ހަވާލާދީ
ރޮއިޓާރސް ބުނެއެވެ.