ދުނިޔެ

ރަޝިޔާއިން ސޫރިޔާއަށް ދެމުންދާ ހަމަލާތަކުގެ ވީޑިއޯ އާއްމުކޮށްފި


ރަޝިޔާއިން ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ މިސްރާބުތަކަށް ދެމުންދާ ހަމަލާތަކުގެ ވީޑިއޯތަކެއް ރަޝިޔާގެ ދިފާޢީ ވުޒާރާއިން އާއްމުކޮށްފިއެވެ.ރަޝިޔާގެ އަސްކަރިއްޔާއިން އާއްމުކުރި މިވީޑިއޯތަކުން އެއްވީޑިއޯގައި ދައްކުވައިދެނީ އެޤައުމުގެ ވައިގެ ސިފައިންގެ މަތިންދާ ބޯޓްތަކުން ސޫރިޔާގެ ހަމާ ޕްރޮވިންސްގެ ޖުބް އަލް-ޒާރުސްއަށް ދިން ހަމަލާތަކުގެ ވީޑިއޯއެއް ކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ހާމަކުރެއެވެ. މީގެ އިތުރުން ސޫރިޔާގެ އިދްލީބްގައި ހަނގުރާމަވެރިންގެ ވަރކްޝޮޕަކަށް ދިން ހަމަލާއެއްގެ ވީޑިއޯއެއްވެސް ރަޝިޔާގެ އަސްކަރިއްޔާއިން އާއްމުކޮށްފައިވެއެވެ.ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އާދިއްތަ ދުވަހު އެޤައުމުގެ އަސްކަރިއްޔާއިން ސޫރިޔާގައި ކުރިޔަށްގެންދިޔަ 33 އޮޕަރޭޝަނެއްގައި 49 އަމާޒަކަށް ހަމަލާދީފައިވާނެކަމަށެވެ.