ކުޅިވަރު

ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުން ބާސެލޯނާ ޖާގަހޯދައިފި


ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުން އެފް.ސީ. ބާސެލޯނާ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ބާސާ ޖާގަހޯދީ ސެމީފައިނަލްގައި ރެއާލް ސޮސިއެދާދްއާ ރޭ ވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗް ބާސާ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއް ލަނޑު އެއް ލަނޑުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 3 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ފްރެންކީ ޑި ޖޮންގ ޖަހައިދިން ލަނޑުން ބާރސާއެވެ. މިމެޗްގައި ސޮސިއެދާދްއިން އެއްވަރު ކުރި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިކޭލް އަޔަރްޒަބާލްއެވެ. މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ސޮސިއެދާދްއިން ޖެހި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ. މިގޮތުން ބާރސާގެ ކީޕަރ މާކް އެޑަރ ޓަރ ސްޓޭގެންވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި ބާރސާގެ ޑި ޖޮންގ އާއި އެންޓޮއިން ގްރީޒްމަން ފޮނުވާލި ދެ ޕެނަލްޓީވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯއެވެ. ސްޕެނިޝް ސުޕަރ ކަޕަކީ މިދިޔަ އަހަރު އަލަށް ކުޅެން ފެށި މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑެވެ.