ކުޅިވަރު

އާންމުންނަށް ހުޅުވާލައިގެން ޕާކްވޮލީ މުބާރާތެއް ބާއްވަނީ


އާންމުންނަށް ހުޅުވާލައިގެން ޕާކްވޮލީ މުބާރާތެއް ބާއްވަން އެޗްޑީސީއން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21ހުން 23ގެ ނިޔަލަށެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ޔޫތު ޕާކް ބީޗުވޮލީ ކޯޓްގައެވެ. ދެ ޖިންސަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 5 ކުޅުންތެރިންގެ ނަން ޖެހުމުގެ ފުރުސަތު ދީފައިވެއެވެ. ފިރިހެން ޓީމުތަކުގައި 35އަހަރުން ދަށުގެ 1 ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ 1 ކުޅުންތެރިއަކު ހިމަނަން ޖެހޭނެއެވެ. އަދި އަންހެން ޓީމުތަކުގައި ކޮންމެ އުމުރުފުރާއެއްގެ ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އެޗްޑީސީގެ އިސްނެގުމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕާކްވޮލީ މުބާރާތް ކުރިއަށްގެންދަނީ ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ.