ކުޅިވަރު

ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވާލައިފިއެވެ.

ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެއީ ފޭސްބުކްގެ ހަދާފައިވާ ދިރާގު ދިވެހި ޕްއިމިއަރ ލީގްގެ ރަސްމީ ޕޭޖު މެދުވެރިކޮށެވެ. މިއީ ރާއްޖޭގައި ހަފްތާގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެފްއޭއެމްއިން ހޮވާ ފުރަތަމަ ފަހަރެވެ. އަދި މިކަމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަކަމަށް އެފްއޭއެމުން މަޢުލޫމާތުދެއެވެ. މިކަމުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ގަދަވެ، ފުޓްބޯޅަ ބަލާމީހުންގެ އަދަދުވަނީ އިތުރުވެފައެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ފަސް މެޗް ކުޅެފައިވާއިރު، ލީގުގައި މިދިޔަ ހޮނިހިރުދުވަހާއި އާދިއްތަ ދުވަހު ކުޅުނު މެޗްތަކަށް ބަލާފައި، މިފަހަރު ގަދަ 4 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކުލަބް އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އާއި މާޒިޔާގެ ސެއިން ވިންސެންޓް، ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ޓީސީ ސްޕޯޓްސް ކުލަބްގެ ކެޕްޓަން މުހައްމަދު އައްޒާމްގެ އިތުރުން ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒެވެ. ހަފްތާގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ސޯޝަލް މީޑިޔާގައި ކުރިއަށްގެންދާ ކެންޕެއިންގެ ވޯޓްލުން ކުރިއަށްގެންދާނީ ހުކުރު ދުވަހުގެ މެންދުރު ދެއަކާ ހަމައަށެވެ. އަދި ސަޕޯޓަރުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީއެއްވެސް ދޭ ގޮތަށް އެފްއޭއެމްއިންވަނީ ނިންމާފައެވެ.