ޚަބަރު

ގަވާއިދާ ޚިލާފަށް ދުއްވި ކާރެއް ކޮންޓްރޯލްނުވެ މޫދަށްވެއްޓިއްޖެ


ކ.މަފުށީގައި ޤަވާއިދާ ޚިލާފަށް ދުއްވި ކާރެއް ކޮންޓްރޯލްނުވެ ގޮސް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ކާރެއް ކޮންޓްރޯލް ނުވެގެންގޮސް މޫދަށް ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމު 00:46ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. މިއެކްސިޑެންޓުގައި ކާރުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަދި މިއެކްސިޑެންޓުގައި ކާރު ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް 2 ލޯންޗެއްގައި ޖެހި 2 ލޯންޗަށްވެސް ގެއްލުންވެފައިވާކަމަށެވެ. މިއެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ކާރު ދުއްވަންހުރީ އެކެޓެގަރީގެ ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއްކަމަށެވެ. މިމައްސަލަ މިހާރު ތަޙުގީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.