ކުޅިވަރު

ފްރީ ގައިޒް ވޮލީމުބާރާތުގެ ފައިނަލަށް އަފުން ޓީމް


ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުން އަފުން ޓީމް ޖާގަ ހޯދައިފިއެވެ. ފައިނަލްގެ ފުރަތަމަ ޖާގަ އަފުން ޓީމް ހޯދީ މިއަދު ހަވީރު ފުވައްމުލަކުގައި  ސެމީފައިނަލް ފުރަތަމަ މެޗުގައި ސީދާ 3 ސެޓުން ދަޑިމަގު އެކުވެރިން ބަލިކޮށްގެންނެވެ.އަފުން ޓީމް މެޗުގެ ސެޓްތައް ގެންދިޔައީ 25-20، 25-21، އަދި 25-19 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަފުން ޓީމްގެ އިސްމާއީލް ސާޖިދުއެވެ. މިމެޗުން ބަލިވި ނަމަވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު ދަޑިމަގު އެކުވެރިންނަށް އަދި އެބައޮތެވެ. އެއީ މިރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުން މޮޅުވާ ޓީމެއްގެ މައްޗަށް މާދަމާ ކުރި ހޯދައިގެންނެވެ. މިރެއާއި މާދަމާގެ މެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.މިއީ ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. ވާދަކުރަނީ ފުވައްމުލަކުގެ އަވަށްތަކުންނެވެ.