ކުޅިވަރު

ކޮޕާ އިޓާލިއާގެ ކުއާޓަރއަށް އޭސީ މިލާން


ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލުން އޭސީ މިލާން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން މިލާން ޖާގަހޯދީ ރޭ ކުޅުނު މެޗްގައި މިލާން އާ ބައްދަލުކޮށް މޮޅުވެގެންނެވެ.

މިމެޗް މިލާން ކާމިޔާބުކުރީ ފުރިހަމަ ވަގުތާއި އިތުރުވަގުތު ކުޅެގެންވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން 5 ލަނޑު 4 ލަނޑުންނެވެ. މިދެޓީމް މީގެ ހަތަރު ދުވަސް ކުރިން އިޓާލިއަން ސެރީއާގައި ބައްދަލުކުރިމެޗް މިލާން 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައި އޮތުމުން މިމެޗްވެސް ފަސޭހަ ކަމައެކު މިލާން ކާމިޔާބު ކުރާނެކަމަށް ބެލެވުނެވެ. ނަމަވެސް ޓޮރިނޯއިންވަނީ މިލާނަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓަލާފައެވެ. މިމެޗްގެ 90 މިނެޓްގެ ތެރޭގައި މިލާނުން ފޮނުވާލި ދެ ހަމަލާއެއް ގޯލް ދަނޑިއަށް އަމާޒުވިއިރު އެޓީމަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށްވެސް އެޓީމުން ބުނަމުން ދިޔައެވެ. ޕެނަލްޓީ ނުދިން މައްސަލައިގާ ރޭގެ މެޗްގައި ބެންޗުގައި އިން މިލާންގެ އެއްނަމްބަރު ކީޕަރ ޑޮނަރޫމާ ރެފްރީއާ ދިމާލަށް އެއްޗެއް ބުނުމުގެ ސަބަބުން އޭނާއަށްވަނީ ރަތްކާޑު ދައްކާފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޓޮރީނޯއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ރިންކޮން ޖެހި ޕެނަލްޓީ މިލާންގެ ކީޕަރ ވަނީ މަތަކޮށްފައެވެ. މިމެޗުގައި މިލާނުން ޖެހި ފަސް ޕެނަލްޓީވެސްވަނީ އެޓީމުން ކާމިޔާބުކޮށްފައެވެ. މިގޮތުން އެޓީމުގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޗަލަނޮގްލޫއެވެ.
މިމުބާރާތުގައި މިރޭވެސް ދެމެޗް ކުޅޭނެއެވެ. މިގޮތުން ފިއޮރެންޓީނާ އާއި އިންޓަރ މިލާން ބއްދަލުކުރާއިރު ނަޕޯލީ ބައްދަލުކުރާނީ އެމްޕޯލީއާއެވެ.