ދުނިޔެ

ސްޕެއިނަށް ސްނޯގެ ތޫފާނެއް، ފިނިހޫނުމިން މައިނަސް ދިހަ ޑިގްރީގައި

ސްޕެއިންއަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ޙާލުގަ ޖެހިފައިވާ ސަރަޙައްދުތަކަށް ކޯވިޑް ވެކްސިނާއި ކާބޯތަކެތި ފޮނުވުމަށް ސްޕެއިންގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ. ސްޕެއިނަށް މި ދުވަސްވަރު ވަނީ ސްނޯގެ ތޫފާނެއް ކުރިމަތިވެފައެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ ސްޓޯމް ފިލޮމޭނާއެެވެ. މި ތޫފާނަކީ މިިދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ބޯކޮށް ސްނޯ ވެހެމުން އަންނަ ތޫފާނުކަމަށް ސްޕެއިްގެ ސަރުކާރުން ބުނެއެވެ.

މެދުތެރޭ ސްޕެއިނަށް ތޫފާނުގެ އަސަރުކޮށް 600އަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން އަސަރު ކޮށްފައެވެ. އަދި ތޫފާނުގެ ސަބަބުން ބަންދުކޮށްފައިވާ މެޑުރިޑުގެ ބަރާޖާސް ވައިގެ ބަނދަރުގައި އެތައް ސަތޭކަ މީހުންނެއްވަނީ ތާށިވެފައެވެ. ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން ކުރިމަތިވި ހާދިޘާތަކުގައި މިހާތަނަށް ހަތަރު މީހުންވަނީ މަރުވެފައެވެ. ސްޕެއިނުގެ ދަތުރުފަތުރާއި ބެހޭ ވަޒީރު، ހޯސޭ ލުއިސް އަބަލޮސް ވިދާޅުވީ ސަރުކާރުގެ އިސް މަސްޢޫލިއްޔަތަކީ ތޫފާނުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ޞިއްޙީ ސާމާނާއި ވެކްސިނާއި ކާބޯތަކެތި ފޯރުކޮށްދިނުންކަމަށެވެ.

މޫސުމާއިބެހޭ އިދާރާތަކުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސްޕެއިނުގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ. އެގޮތުން އަންނަ ހަފުތާގައި ފިނިހޫނުމުން މައިނަސް ދިހަ ޑިގްރީ ސެލްސިއަސްއަށް ވެއްޓި، ގަނޑުފެނަށް ސްނޯ ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާތަކުންވަނީ ބުނެފައެވެ. އަދި ގެއްލުން ލިބިފައިވާ ގަސްފަދަ ތަކެތި ވެއްޓުމުގެ ފުރުޞަތު ބޮޑުކަމަށްވެސް މޫސުމާއިބެހޭ އިދާރާތަކުންވަނީ ފާހަގަކޮށްފައެވެ.

ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހުގައި ސްޕެއިނުގެ މެޑްރިޑަށް 8 އިންޗީގެ ސްނޯ ވެހިފައިވާކަމަށް މެޑްރިޑްގެ ސްޓޭޓް މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނެއެވެ. އެއީ 1971ވަނަ އަހަރުން ފެށިގެން މެޑްރިޑަށް އެންމެ ބޯކޮށް ސްނޯ ވެހުނު މިންވަރެވެ.