ކުޅިވަރު

ފްރީީގައިޒް ވޮލީ މުބާރާތުގައި އަފުން ޓީމް ގްރޫޕްގެ 1 ވަނައަށް


ފްރީގައިޒް ވޮލީބޯޅަ މުބާރާތުގައި އަފުންގެ ޓީމް ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ މުބާރާތުގައި ދިގުވާޑް އަފުންގެ ޓީމް ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ.ފިރިހެން ޑިވިޝަންގައި އަފުންގެ ޓީމް ކުޅުނު ދެވަނަ މެޗު މިރޭ ދަޑިމަގު ހުދު ކެޑެ ޓީމާއި ވާދަކޮށް ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. އަފުންގެ ޓީމް މެޗުގެ ސެޓްތައް ގެންދިޔައީ 25-07، 25-16، އަދި 25-11 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އިސްމާއީލް ސާޖިދުއެވެ.ސެމީފައިނަލްގައި އަފުންގެ ޓީމް ވާދަކުރާނީ ދަޑިމަގު އެކުވެރިންނާއެވެ. ފިސްޑާ ވާދަކުރާނީ ދަޑިމަގު ހުދުކެޑެއާއެވެ. މިދެމެޗުވެސް ކުޅޭނީ މާދަމާއެވެ. ސެމީފައިނަލް ފުރަތަމަ މެޗު މާދަމާ ހަވީރު އަދި ދެވަނަ މެޗު މާދަމާރެއެވެ. މި ދެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.