ދުނިޔެ

ގެއްލުނު ބޯޓު ވެއްޓުނު ސަރަހައްދުން މީހުންގެ ގުނަވަންތައް

ގެއްލިގެން ހޯދަމުންދާ އިންޑޮނޭޝިޔާގެ މަތިންދާ ބޯޓު ވެއްޓިފައިވާކަމަށާއި އެ ބޯޓު ވެއްޓިފައިވާ ސަރަޙައްދު ހޯދިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ސްރީވިޖަޔާ އެއާގެ އެސްޖޭ183 ބޯޓު އިންޑިނޭޝިޔާގެ ޕޮންޓިއަކަށް ދަތުރުކުރުމަށް ޖަކާޓާ އެއާޕޯޓުން ނައްޓާލާފައިވަނީ އިއްޔެ ޖީއެމްޓީ ގަޑިން 7:36 ގައެވެ. އެއަށްފަހު ބޯޓުގެ ޕައިލެޓުވަނީ 29،000 ފޫޓުގެ އުސްމިނަށް ބޯޓު އުފުލުމަށް އެދުމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ގުޅާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ބޯޓު ރާޑަރުން ގެއްލި، ބޯޓާއިއެކު އޮތް މުވާސަލާތީ ގުޅުންވަނީ ކެނޑިފައެވެ. ފްލައިޓްރާޑާ24.ކޮމް ވެބްސައިޓުގައި ބޯޓުގެ ރާސްތާއާއި ދައްކާގޮތުން ބޯތު ދުއްވަމުންދަނިކޮށް މިނެޓެއްގެ ތެރޭގައިވަނީ 10،000 ފޫޓު ތިރިއަށް ވެޢްޓިފައެވެ.

12 ފަޅުވެރިން ހިމެނޭގޮތަށް 62 މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ ބޯއިން 737 މަރުކާގެ މަތިންދާބޯޓު ވެއްޓިފައިވާކަމަށް އިންޑިނޭޝިޔާގެ ރަސްމީ އިދާރާތަކުން ބުނެއެވެ. އަދި މަތިންބޯޓު ވެއްޓުނު ސަރަޙައްދަށް ބޯޓު ހޯދުމުގެ މަސައްކަތްކުރާ 10 ބޯޓު މިހާރު ގޮސްފައިވާކަމަށްވެސް އިންޑިނޭޝިޔާގެ ރަސްމީ އިދާރާތަކުން ބުނެއެވެ.

އެ ސަރަޙައްދުގައި ހަތަރު މަތިންދާބޯޓުވެސްދަނީ ޙަރަކާތްތެރިވަމުންނެވެ. މީހުން ހޯދާ ސަލާމަތްކުރާ ފަރާތްތަކުން މަތިންބޯޓު ވެއްޓުނު ސަރަޙައްދުން ފެނިފައިވާ ބައެއް ތަކެތި ހިމެނޭ ދެ ދަބަހެއްވަނީ އިދާރާތަކާއި ޙަވާލުކޮށްފައެވެ. އެއް ދަބަހުގައި ހުރީ ފަސިންޖަރުންގެ މުދާކަމަށާއި އަނެއް ދަބަހުގައި ހުރީ ހަށިގަނޑުގެ ގުނަވަންތައްކަމަށް ޖަކާޓާގެ ފުލުހުންގެ އިދާރާގެ ތަރުޖަމާނު، ޔުސްރީ ޔޫނުސް ވިދާޅުވިއެވެ.

އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތުގައި ބަލަމުންދަނީ ޖަކާޓާގެ ބޭރުގައި އޮންނަ ލާކީ އަދި ލަންކަންގ ކިޔާ ރަށްތަކެއް އޮންނަ ސަރަޙައްދެވެ. އެ ސަރަޙައްދުގެ ކަނޑުގެ ފުން މިނުގައި 23 މީޓަރު ހުރެއެވެ. މަތިންދާބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބޯ ވާރެއާއި ވައިގަދަވުމުގެ ސަބަބުން ހުރަސް އެޅިދާނެކަމަށް އިންޑޮނޭޝިޔާގެ މޫސުމާއިބެހޭ އިދާރާއިންވަނީ ބުނެފައެވެ.

މަތިންދާބޯޓުގެ ރޭޑިޔޯ ބީކަން ސިގްނަލުގެ ހިލަމެއް މިހާތަނަށް ވެފައިނުވާކަމަށް އިންޑޮނޭޝިޔާގެ އިދާރާތަކުން ބުނެއެވެ. ބޯޓުގެ އެމަޖެންސީ ލޮކޭޓާ ޓްރަންމިޓާއިން ސިގްނަލެއް ލިބިފައިނުވާ ސަބަބު ދެނެގަތުމަށް އިދާރާތަކުންދަނީ މަސައްކަތް ކުރަމުންނެވެ. އެ ސިގުނަލަކީ ބޯޓު ވެއްޓިފައިވާކަން ޔަޤީންކުރުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަޞީލަތެވެ.

ގެއްލިފައިވާ ބޯއިން 737-500 މަރުކާގެ މަތިންދާ ބޯޓު ބޭނުންކުރާތާ 27 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ބޯއިން މަތިންދާބޯޓުގެ އެ މަރުކާއަކީ މީގެ ކުރިން މައްސަލަތަކެއް އުޅޭކަމަށް ފާހަގަވެފައިވާ 737 މެކްސް މަރުކާއާއި ތަފާތު މަރުކާއެކެވެ. 2018ވަނަ އަހަރުގައި ލަޔަން އެއާގެ 737-މެކްސް މަރުކާގެ ބޯޓެއްވަނީ ޖަކާޓާގެ ބޭރަށް ވެއްޓިފައެވެ. އެ ހާދިޘާގައި ބޯޓުގައި ދަތުރުކުރި 189 މީހުންވަނީ މަރުވެފައެވެ.

އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތުގައި ބަލަމުންދަނީ ޖަކާޓާގެ ބޭރުގައި އޮންނަ ލާކީ އަދި ލަންކަންގ ކިޔާ ރަށްތަކެއް އޮންނަ ސަރަޙައްދެވެ. އެ ސަރަޙައްދުގެ ކަނޑުގެ ފުން މިނުގައި 23 މީޓަރު ހުރެއެވެ. މަތިންދާބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބޯ ވާރެއާއި ވައިގަދަވުމުގެ ސަބަބުން ހުރަސް އެޅިދާނެކަމަށް އިންޑޮނޭޝިޔާގެ މޫސުމާއިބެހޭ އިދާރާއިންވަނީ ބުނެފައެވެ.

މަތިންދާބޯޓުގެ ރޭޑިޔޯ ބީކަން ސިގްނަލުގެ ހިލަމެއް މިހާތަނަށް ވެފައިނުވާކަމަށް އިންޑޮނޭޝިޔާގެ އިދާރާތަކުން ބުނެއެވެ. ބޯޓުގެ އެމަޖެންސީ ލޮކޭޓާގެ ސިގްނަލެއް ލިބިފައިނުވާ ސަބަބު ދެނެގަތުމަށް އިދާރާތަކުންދަނީ މަސައްކަތް ކުރަމުންނެވެ. އެ ސިގުނަލަކީ ބޯޓު ވެއްޓިފައިވާކަން ޔަޤީންކުރުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަޞީލަތެވެ.