ކުޅިވަރު

ޓޮރީނޯ ބަލިކޮށް ޕޮއިންޓް ތާވަލްގައި މިލާނުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި


އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ޓޮރީނޯ ރޭ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި މިލާނުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް މިލާން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި މިލާނަށް ޖަހާދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފައެލް ލިއާއޮއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 36 މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ. މިމެޗްގައި މިލާނުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިމެޗްގެ ދެވަނަ ހާފްގައި އަނިޔާގެ ސަބަބުން ވޭތުވެދިޔަ ދެތިން ހަފްތާގައި ކުޅުމާ ދުރުގައި ހުރި މިލާންގެ ތަޖްރިބާކަރު ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗް ވަނީ ކުޅެން އަރާފައެވެ. މި ކާމިޔާބީއާއެކު މިލާން މިހާރުވަނީ ކުޅުނު 17 މެޗުން 40 ޕޮއިންޓް ހޯދާ ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަމަވެސް ދެވަނަައިގާ ވާ އިންޓަރ މިލާނާއި ތިންވަނައިގާ އޮތް އޭއެސް ރޯމާ މިރޭ ބައްދަލުކުރާ މެޗް އިންޓަރއިން ކާމިޔާބުކޮށްފިނަމަ މިފަރަގު އެއް ޕޮއިންޓަށް އަނެއްކާވެސް ކުޑަވެގެންދާނެއެވެ. މިރޭގެ މެޗުން ރޯމާ މޮޅު ވެއްޖެނަމަ އެޓީމަށް އިންޓައާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.