ޚަބަރު

ކަނޑިތީމުގައި ތެޔޮ ބޯޓެެއްގައި ރޯވެ އަނދަނީ


ށ. ކަނޑިތީމު ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ދޯންޏަކީ ފެޓްރޯލު އުފުލަން ބޭނުންކުރާ ލަކުޑި ދޯންޏެއްކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންނާއި އާއްމުން ގުޅިގެން ފަޅުތެރޭ އަޅާފައިވާ ހުރި ދޯނިތައް ދުރަށް ޖައްސާ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި ރިޕޯޓް ލިބިފައިވަނީ މިރޭ 22:45 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.