ކުޅިވަރު

ކްރިސްޓަލް ޕެލަސްއާ ވާދަކޮށް ވުލްސްއިން މެޗު ކާމިޔާބުކޮށްފި


އިނގިރޭސި އެފް.އޭ. ކަޕްގެ ތިންވަނަ ބުރުގައި ވުލްވަރހެމްޓަން ވޮންޑަރަރސް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ވުލްސް ކާމިޔާބުކޮށްފިއެވެ. ވުލްސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1 ލަނޑު ސުން ލަނޑުންނެވެ.

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާދިނީ ވުލްސްއަށް ކުޅޭ ސްޕެއިންގެ ކުޅުންތެރިޔާ އަޑަމާ ޓްރައޯރޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަގަޅު ދެތިން ފުރުސަތު ވުލްސްއަށް ލިބިގެންދިޔައެވެ. ނަމަވެސް މިއީން އެއްވެސް ފުރުސަތެއް ބޭނުން ކުރެވޭގޮތެއް ނުވިއެވެ. ކްރިސްޓަލް ޕެލަސްއިން ގިނަ ބަދަލުތަކަކާއެކު ނުކިން މިމެޗްގައި އެޓީމަށް ވިލްސްގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަދި މެޗްގައިގިނަ ވަގުތު އެޓީމްގެ ކުޅުންތެރިންނަށް ހޭދަކުރީ އަމިއްލަ ހާފްގައި ޑިފެންޑް ކުރުމުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވުލްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ޓްރައޯރޭއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އަދި މިމެޗްގައި އޭނާ ޖެހި ލަނޑަކީ ހާއްސަ ކުޅުންތެރިއެއްގެ ފަހާތުން ފެނިގެންދިޔަ ހާއްސަ ލަނޑެއް ކަމަށް ހާމަކޮށްފައެވެ. މިކާމިޔާބީއާއެކު ވުލްސްވަނީ މިމުބާރާތުގެ ހަތަރު ވަނަބުރަށް ދަތުރު ކޮށްފައެވެ.

މިމުބާރާތުގައި މިއަދާއި މިރޭވެސް ގިނަ މެޗްތަކެއް ނުޅޭނެއެވެ. މިގޮތުން ކުޅޭ މެޗްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މެޗްތަޖުގެ ތެރޭގައި އާސެނަލްއާއި ނިއުކާލްސް ބައްދަލުކުރާ މެޗާއއި ލަންޑަންއަށް ނިސްބަތްވާ ދެޓީމްކަމަށްވާ ކްއީން ޕާކްސް ރޭންޖަރސް އާއި ފުލަމް ބައްދަލުކުރާ މެޗް ހިމެނެއެވެ.