ކުޅިވަރު

އިނގިރޭސި އެފްއޭ ކަޕް ލިވަޕޫލާއި އެސްޓަންވިލާ ވާދަކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފި


އިނގިރޭސި އެފް.އޭ. ކަޕްގެ ތިންވަނަ ބުރުގައި އެސްޓަންވިލާ އާއި ލިވަޕޫލް ބައްދަލުކުރިމެޗް ލިވަޕޫލް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 4 ލަނޑު އެއް ލަނޑުންނެވެ.

ކޮރޯނާ ވައިރަހުގެ އަސަރު ކުރުމުގެ އަސަރު ކޮށްފައިވުމުގެ ސަބަބުން ރޭގެ މެޗްގައި ފުރަތަމަ ޓީމްގެ އެއްވެސް ކުޅުންތެރިއެއް އެސްޓަންވިލާއަކަށް ބޭނުމެއް ނުކުރެވުނެވެ. މިގޮތުން ވިލާގެ ޓީމުގައި ތިބީ އެކްލަބުގެ 23 އަހަރުން ދަށާއި 18 އަހރުން ދަށުގެ ޓީމުން ހޮވާލެވުނު ކުޅުންތެރިންނެވެ. އަދި ކޯޗަކަށް ރޭ ހުރީވެސް 23 އަހަރުން ދަށުގެ ކޯޗް މާރކް ޑެލޭނީއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާ ލިވަޕޫލަށް ލީޑު ނަގާދިނީ ސާޑިއޯ މާނޭއެވެ. މިލަނޑާއެކު މިމެޗްގައި ލިވަޕޫލްގެ ފަރާތުން ގިނަ ލަނޑު ތަކެއް ފެޏިގެން ދާނެކަމަށް ބެލެވިގެންދިޔައެެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި މިހާފްގައި ފެނިގެންދިޔައީ ވިލާގެ ޒުވާން ކުޅުންތެރިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަކުރި ތަނެވެ. މިލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާ ގިނަ ބަޔަކަށް ހައިރާން ގެނެސްދިނީ އިންގްލަންޑްގެ 17 އަހަރުން ދަށުގެ ޓީމްގެ ފޯވަޑް ލުއީ ބެރީއެވެ.

މިމެޗްގައި ލިވަޕޫލުން ދެވަނަ ފަހަރަށް ކުރި ހޯދީ މެޗްގެ 60 ވަނަ މިނެޓްގައި ޖިއޯޖިއޯ ވައިނާލްޑަމް ޖަހާދިން ލަނޑުންނެވެ. އަދި އޭގެ 3 މިނެޓްފަހުން އެޓީމްގެ ތިންވަނަ ލަނޑު ޖަހާދިނީ މާނޭއެވެ. އަދި 65 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހާދިނީ މުހައްމަދު ސަލާހް އެވެ. މިކާމިޔާބީއާއެކު ލިވަޕޫލް މިހާރުވަނީ މި މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފައެވެ.