ޓްވިޓަރއިން އެންމެ ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ އެކައުންޓް ދާއިމަށް ސަސްޕެންޑު
ކޮށްފިއެވެ.
ޓްރަންޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތައް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ލިޔުންތައްކެއް ޕޯސްޓްކުރެއްވި މައްސަލާގައި ޓްރަންޕުގެ ފޭސްބުކާއި ޓްވިޓަރ އެކައުންޓްތައް 12 ގަޑިއިރަށް ސަސްޕެންޑްކުރިއެވެ. އަދި ޓްވިޓަރގެ އުސޫލަތަކާއި ޤަވައިިތަކާއި ދެން ހިލާވުވެޑައިގެންފިނަމަ އެކައުންޓް ދާއިމަށް އުވާލާނެކަމުގެ އިންޒާރުވެސް ޓްވިޓަރއިން މިމަހުގެ 7 ވަނަދުވަހު ވަނީ ޓްރަންޕަށް ދީފައެވެ.
ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ އެއް ޕްލެޓް ފޯމްކަމަށްވާ ޓްވިޓަރއިން ޓްރަންޕުގެ އެކައުންޓް ބަންދުކުރިކަން އިއުލާންކޮށް އެންގި އެންގުމުގައި ބުނެފައިވަނީ އެ އެކައުންޓް ބަންދުކުރީ ހަމަނުޖެހުން އުފެއްދެވުމަށް އިތުރު މަސައްކަތްޕުޅުތަކެއް ޓްރަންޕު ކުރައްވަފާނެކަމުގެ ނުރައްކާ އާއި ބރު އޮތުމުގެ ސަބަބުންކަމަށެވެ.
އެކައުންޓް ބަންދުކުރުން ޓްރަންޕު ވަނީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ޓްވިޓަރ އެކައުންޓުން ޓްވީޓްތަކެއް ކުރައްވާފައެވެ. އެއާއި އެކު ކުޑައިރުކޮޅެއްގެ ތެރޭގައި ޓްވިޓަރ އިން ވަނީ އެ އެކައުންޓްވެސް ވަގުތީ ގޮތުން ޑައުންކޮށްލާފައެވެ.
ރައީސްގެ ރަސްމީ އެކައުންޓް ކުރެއްވި ޓްވީޓްތަކުގައި ޓްރަންޕު ވިދާޅުވެފައިވަނީ ހިޔާލު ފާޅުކުރުމަށް ހުރަސް އަޅަމުން އަންނަކަމަށެވެ. އަދި އެކަން ކުރީ ޑިމޮކްރެޓުންނާއި ގުޅިގެން އޭނާގެ އަޑު ކަނޑުވާލުމަށްކަމަށްވެސް ޓްރަންޕު ވަނީ ތުހުމަތުކުރައްވާފައެވެ.
ބުދަދުވަހު ޓްރަންޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތައް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ލިޔުންތައްކެއް ޕޯސްޓްކުރެއްވި މައްސަލާގައި ޓްރަންޕުގެ ފޭސްބުކާއި ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑްކުރުމުން އެނާގެ ފޮލޯވަރުން އިތުރުވެ ލައިކްތައްވެސް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.
އެކައުންޓައް ސަސްޕެންޑުކުރި ބުދަ ދުވަހު އެކަނިވެސް ޓްވިޓަރގައި އެއްލައްކަ ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންވަނީ ޓްރަންޕަށް ފޮލޯކޮށްފައެވެ. އަދި ބުރާސްފަތި ދުވަހުވެސް ޓްރަންޕުގެ އެކުންޓަށް 30 ހާހަށްވުރެ ގިނަ މީހުން ވަނީ ފޮލޯކޮށްފައެވެ. މީގެއިތުރުން މި އެ ދެދުވަހު ޓްރަންޕުގެ ފޭސްބުކް ޕޭޖަށް 60 ހާހަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.