ދުނިޔެ

އެކައުންޓް ސަސްޕެންޑްކުރުމުން ޓްރަންޕްގެ ފޮލޯވާރސް ވީ އިތުރު


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންފުގެ ސޯޝަލް މީޑިއާ އެކުންޓްތައް ސަސްޕެންޑުކުރުމުން އެއް ދުވަހުގެ ތެރޭގައި ދޮޅު ލައްކައަށްވުރެ ގިނަ މީހުން ޓްރަންޕުގެ އެކުންޓަށް ފޮލޯކޮށް ގިނަ އަދަދެއްގެ ލައިކްސް ލިބިއްޖެއެވެ.

ޓްރަންޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތައް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ލިޔުންތައްކެއް ޕޯސްޓްކުރެއްވި މައްސަލާގައި ޓްރަންޕުގެ ފޭސްބުކާއި ޓްވިޓަރ އެކައުންޓްތައް 12 ގަޑިއިރަށް ސަސްޕެންޑްކުރިއެވެ. އަދި ޓްވިޓަރގެ އުސޫލަތަކާއި ޤަވައިިތަކާއި ދެން ހިލާވުވެޑައިގެންފިނަމަ އެކައުންޓް ދާއިމަށް އުވާލާނެކަމުގެ އިންޒާރުވެސް ޓްވިޓަރއިން އިއްޔެ ވަނީ ޓްރަންޕަށް ދީފައެވެ.

އެކައުންޓައް ސަސްޕެންޑުކުރުން ބުދަ ދުވަހު އެކަނިވެސް ޓްވިޓަރގައި އެއްލައްކަ ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންވަނީ ޓްރަންޕަށް ފޮލޯކޮށްފައެވެ. އަދި އިއްޔެވެސް ޓްރަންޕުގެ އެކުންޓަށް 30 ހާހަށްވުރެ ގިނަ މީހުން ވަނީ ފޮލޯކޮށްފައެވެ. މީގެއިތުރުން މި ދެ ދެދުވަހު ޓްރަންޕުގެ ފޭސްބުކް ޕޭޖަށް 60 ހާހަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

މިހާ ގިނަ އަދަދެއްގެ ލައިކްސް އާއި ފޮލޯވާރސް ޓްރަންޕުގެ އެކައުންޓަށް ލިބިފައި މިވަނީ ޓްރަންޕުގެ އަމަލުތައް ހުންނެވި ގޮތުން ބައެއް ފާޑުކިޔުންތައް އަމާޒު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ފޮލޯކުރާ މީހުން ދަށަށް ދާން ފަށާފައިވަނިކޮށެވެ.

މިމަހުގެ 20 ވަނަ ދުވަހު ހުވާކުރައްވާ އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންގެ ޓްވިޓަރ އެކައުންޓަށްވެސް ގިނަ އަދަދެއްގެ ބަޔަކު އިއްޔެ ވަނީ ފޮލޯކޮށްފައެވެ. މިގޮތުން އިއްޔެ އެކަނިވެސް ބައިޑަންގެ ޓްވިޓަރ އެކައުންޓަށް ފޮލޯ ކުރި މީހުންގެ އަދަދު 3 ލައްކަ 50 ހާހަށްވުރެ މައްޗަށް އަރައެވެ.

ޓްވިޓަރގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އެކައުންޓަކަށް ފޮލޯކުރި ދުވަހަކަށް އިއްޔެ މިވަނީ ވެގެން ގޮސްފައެވެ.

ކޮންގެރެސް އިމާރާތައް ޓްރަންޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގާފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމުގެ ޖަލްސާއާއި ދިމާކޮށެވެ. މި ހަމަނުޖެހުންތަކުގައި 4 މީހުން މަރުވެ ކޮންގްރެސްގެ އިމާރާތާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި މި ހަމަނުޖެހުމާއި އެކު އިއްޔެ އަކީ އެމެރިކާގެ ޑިމޮކްރަސީގައި ކަޅު ދުވަހެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ކޮންގްރެސުން އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގެން އިއުލާންކުރުމުން ޓްރަންޕު ވަނީ ދޫދެއްވާ ވެރިކަމުގެ ބާރުތައް ކަނޑައެޅިފައިވާ އުސޫލްތަކުގެ ތެރެއިން ބަދަލު ކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް އިންތިޚާބު އޮޅުވާލާފައިވާކަމަށް ކުރައްވާ ތުހުމަތުތައް ޓްރަންޕު އަދިވެސް ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ.