ކުޅިވަރު

ގްރިޒްލީސްގެ މައްޗަށް ލޭކަރސްއިން ކާމިޔާބު ހޯދައިފި


އެން.ބީ.އޭ.ގައި ލޮސް އެންޖެލިސް ލޭކަރސް އާއި މެމްފިސް ގްރިޒްލިސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ.

މިމެޗް ލޭކަރސް ކާމިޔާބުކުރީ 94 ޕޮއިންޓް 92 ޕޮއިންޓުންނެވެ.

މިމެޗްގައި ލޭކަރސްގެ އެންތަނީ ޑޭވިސް އާއި ލެބްރޮން ޖޭމްސް ކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ 26 ޕޮއިންޓް އެޓީމަށް ހޯދާދީފައެވެ. މިމެޗްގެ ހަތަރު ވަނަ ކުއާޓަރ ފެށިއިރު 71 ޕޮއިންޓް 67 ޕޮއިންޓުން ކުރީގައި އޮތީ ގްރިޒްލީސްއެވެ. ނަމަވެސް މެޗް ނިމެން 4 މިނެޓަށް ވީތަނާ މިމެޗްގެ ލީޑު ލޭކަރސްއިން ނަގާ އެގޮތުގައި މެޗް ނިންމާލީއެވެ.

މިކާމިޔާބީއާއެކު އެންމެ ފަހުގެ އެން.ބީ.އޭގެ ޗެމްޕިއަން ވަނީ ވެސްޓަން ކޮންފަރެންސްގެ އެއްވަނައަށް އަރާފައެވެ. އެއީ ލޮސް އެންޖަލިސް ކްލިޕަރސް ރޭ ކުޅުނު މެޗުން އެޓީމް ބަލިވުމުންނެވެ. ކްލިޕަރސް ބަލިވީ ސެން އެންޓޯނިއޯ ސްޕަރސްއާ ބައްދަލުކޮށް 116 ޕޮއިންޓް 113 ޕޮއިންޓުންނެވެ.

މިމެޗްގައި ސްޕަރސްގެ ޕެޓީ މިލްސްވަނީ 27 ޕޮއިންޓް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މިއީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށްފަހު ސްޕަރސް މޮޅުވި ފުރަތަމަމެޗެވެ.