ކުޅިވަރު

މިއީ މޮޅަށް ކުޅެ ހޯދުނު ބޮޑު މޮޅެއް: ގާޑިޔޯލާ


އިނގިރޭސި ލީގުކަޕުގެ ސެމީފައިނަލުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑު އަތުން ހޯދުނީ މޮޅަށް ކުޅެ ހޯދުނު ބޮޑު މޮޅެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ސެމީ ފައިނަލުގައި ޔުނައިޓެޑު މައްޗަށް ކުރި ހޯދުމަށްފަހު ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ މި މޮޅު ހާއްސަ ކުރަނީ އިއްޔެ މަރުވި އެޓީމުގެ ކުރީގެ ތަރި ކޮލިން ބެލްއަށްކަމަށެވެ. މި ސީޒަންގެ ލީގުކަޕުގެ ފައިނަލަށް ދަތުރުކުރުމަކީ ސިޓީއަށް ހާސިލްކުރެވުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގާޑިޔޯލާ ބުންޏެވެ.

ސީޓީ ސީޒަންގެ ކުރީ ކޮޅު ދެއްކި ދައްކުޅުން މިހާރު ޓީމުން ރަނގަޅުކޮށް ދުވަހުން ދުވަހަށް ޓީމުން ކުރިއެރުން ހޯދަމުންދާކަމަށް ގާޑިޔޯލާ ބުންޏެވެ. އޭނާ ބުނީ މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ޖޯން ސްޓޯން ފާރާތުން ފެނުނީ އާދަޔާހިލާފް މޮޅު ކުޅުމެއް ކަމަށާއި ވޭތުވެދުޔަ ހަތަރު އަހަރު ނުކުޅޭހާ މޮޅަށް އެންމެފަހުން ކުޅުނު 6 މެޗުގައި ސިޓީގެ ސްޓޯން ކުޅުނު ކަމަށެވެ.

ސްޓޯން އެންމެފަހުން ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީފައިވަނީ 2017 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށެވެ. މިއީ ލީގުކަޕުގެ ފައިނަލުގައި ސީޓީ ވިދިވިދިގެން ވާދަކުރާ ހަތަރުވަނަ ފަހަރެވެ. މިއީ ސިޓީން ލީގު ކަޕުގެ ފައިނަލުގައި ވާދަކުރާ ނުވަވަނަ ފަހަރެވެ.